ރައީސް ނަޝީދަށް ހުރަސް އަޅައިގެން މިލަދޫން ދެމީހަކު ހައްޔަރުކޮށްފިކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫނު ދަތުރުފުޅުހައި މިއަދު އެއަތޮޅު މިލަދޫ ވަޑައިގަތުމުން އެމަނިކުފާނަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސަރުކާރުން ދަނީ "ސޯފާ" އެގްރިމެންޓް ދިރާސާ ކުރަމުން: ޕްރެސް ސެކްރެޓަރީރާއްޖޭގައި އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) ދިރާސާ ކުރަމުން ގެންދާ ކަމަށް، ސަރުކާރުން ބުނެފި އެވެ.
ހޯމްއެކްސް ތެރެއިން ވަޅި ހެރި ހާދިސާއާ ގުޅިގެން މީހަކު ހޯދަން ފަށައިފިމިދިއަ ހޮނި ހިރު ހޯމް އެކްސް ފިހާރައިގެ ތެރޭގައި ހުއްޓާ ވަޅި ހަރައި މީހަކު ޒަހަމްކޮށްލި ހަމަލައާ ގުޅިގެން ފޮޓޯ އާންމުކޮށް މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ހޯދަން ފެށީ ގއ. ކޮނޑޭ، ދާރުލްގަރާރު، ޢަބްދުﷲ ނާސިހު 18، އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމަށް ރޭވި އަޒްލީފް ހައްޔަރުކޮށްފިޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ހުރިހާ ކަމެއް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވެ ސިފައިންގެ މީހާ އަޒްލީފް ރައޫފް ފުލުހުން ހައްޔަރުކޮށްފިއވެ.
އޮބާމާއަށް ރައީސް ވަހީދު ހަމްދަރުދީ ފޮނުއްވައިފިއެމެރިކާގެ އޮކްލަހާމާ ސިޓީއަށް އެރި ބާރުގަދަ ނަގޫރޯޅީގެ ސަބަބުން ގިނަބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ގޭންގުތަކާ ދެކޮޅަށް ހުރިހާ ބާރެއްގެ ބޭނުން ކުރަން ޓާސްފޯހަށް ކޮމިޝަނާ ގޮވާލައްވައިފިގޭންގު ކުށްތައް ހުއްޓުވަން ޤާނޫނީ އިމުގެ ތެރެއިން ލިބޭ ހުރިހާ ބާރެއްގެ ބޭނުން ކޮށްގެން މަސައްކަތް ކުރަން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ގޮވާލައްވައިފިއެވެ.
ޑިރެކްޓަރުން އައްޔަން ކުރުމުގެ އުސޫލު ސީއެމްޑީއޭއިން އާންމުކޮށްފިރާއްޖޭގައި ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކަށް ޑައިރެކްޓަރުން އައްޔަން ކުރުމުގައި ބަލަން ޖެހޭ އުސޫލުތަކަކީ ދުރު މުސްތަގުބަލަށް ވިސްނައިގެން ޤަވާއިދުތަކަށް ބަދަލު ކުރުމުގެ ފުރުސަތު އޮތް އުސޫލުތަކެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.
އޮޕަރޭޝަން "ހަންޓް" ގައި ކާށިދޫން ބަޔަކު ހައްޔަރުކޮށްފިފުލުހުން ކ. ކާށިދޫގައި އޮޕަރޭޝަން “ހަންޓް” ފަށައި ބައެއް މީހުން ހައްޔަރުކޮށް ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ހޯދައިފި އެވެ.
ހިޔާނާތުގެ ދައުވާއަށް ސާމީ އިންކާރު ކުރައްވައިފިބޯޑާ ކޮންޓްރޯލް މައްސަލާގައި ކޮރޮޕްޝަންގެ ދައުވާ އުފުލާފައިވާ ހ. ރަންގަލި، ސާމީ އަގީލް ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.
"ޓެރަރިޒަމް ހުއްޓުވަން ގާނޫނަށް ބަދަލު ގެންނަންޖެހޭ"ޓެރަރިޒަމްގެ އަމަލުތައް މަދުކުރުމަށްޓަކައި ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބަންޑާރަ ނާއިބު އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ނޮޅިވަރަމް ކައުންސިލްގެ މެޖޯރިޓީ ޖޭޕީއަށްހދ. ނޮޅިވަރަމް ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިން ކައުންސިލަރުން މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ގެއްލުނުތާ 14 ދުވަސް ފަހުން ފެނުނު މީހާއަށް ރައީސް ގުޅުވައިފިޑިންގީއެއްގައި ދަތުރު ކުރަނިކޮށް ގެއްލި، 14 ދުވަސް ފަހުން ފެނުނު ގދ. ފަރެސް މާތޮޑާ، ރޯޒީސައިޑް، މުޙަންމަދު ފަލާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު މިއަދު ފޯނުން ގުޅުއްވައި، އޭނާގެ ޙާލު ބައްލަވައިލައްވައިފި އެވެ.
ފަރުވާގެ މަރުކަޒުތައް ފުރި، ޑުރަގް ކޯޓް ކަން ބޮޑުވެއްޖެނޭޝަނަލް ޑްރަގް އެޖެންސީން ހިންގާ، ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރާއި (ފެހިގެ) އާއި ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ޖާގަ ފުރިފައިވާތީ، ޑްރަގު ކޯޓުން އެކަން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ސަމާލުކަމަށް ގެންގޮސްފި އެވެ.
ހޮނޑައިދޫގައި ބަނގުރާ ބުއި މައްސަލައިގައި ދައުވާ ކުރުން ލަހެއް ނުވާނެ: ޕީޖީ އޮފީސް ހދ. ހޮނޑައިދޫއިން ބަނގުރާ ބޮއެ މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކޮށް ދޫކޮށްލި ސިޔާސީ ބޭފުޅުންނާއި އެ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފަޅުރަށަކުން ގިނަ އަދަދެއްގެ ރުއް ނެގި ބަޔަކު އަތުލައިގެންފި ގަވާއިދާ ޚިލާފަށް ފަޅު ރަށަކުން ގިނަ އަދަދެއްގެ ރުއްތަކެއް ނެގި ބަޔަކު އަތުލައިގަނެ އެ ރުއްތައް ނެގި ތަންތަނުގައި އަލުން ރުއްތައް އިންދަން އަންގައިފި އެވެ.
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ޖުލައި 10ގައިގައުމީ އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ރައީސް މައުމޫން މެލޭޝިޔާއަށްކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ދެކަނބަލުން ރޭ މެލޭޝިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ޖާ އާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިޑރ. އަފްރާޝީމު އަވަހާރަކޮށްލި ކަމަށް އެއްބަސްވި ހުސައިން ހުމާމް، އެކަން ރާވާ ހިންގި ކަމަށް ޝަރީއަތުގައި ނަން ހާމަކޮށްފައިވާ ތިން މީހުންގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އިމިގްރޭޝަންގައި އެދެފި އެވެ.